ކޮޅުމަޑުލު ތިމަރަފުށީ ގެއަކަށް ވަދެ މާރާމާރީ ހިންގި މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި ޖަހާމުގުރިގެ، އަހުމަދު އަމީން (36 އ) އާއި، ސަލްވާ، އަހުމަދު ޝަހުދީ (38 އ) އަދި އެ ރަށު ހިރި، އާސް އިބްރާހިމް (32 އ) ގެ އިތުރުން ގުލްބަކާވިލާ އަބްދުﷲ ޝަރީފް (39 އ) ގެ އިތުރުން ވަވަތް، މުހައްމަދު ރައޫފު (54 އ) އެވެ.
މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހްގީގު ކުރަމުންނެވެ.