އިދިކޮޅު ޕީޕީއެމް ޕީއެންސީން އިއްޔަ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

އިއްޔަ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 38 މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އެއްވުމަކީ އެޗްޕީއޭގެ ގައިޑްލައިންނާއި ހިލާފަށް ބޭއްވި އެއްވުމެއް ކަމަށާ އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓްވުމާއި ޕޮލިސް ކަސްޓޯޑިއަލް ގައިވެސް ގިނަ ބަޔަކު ތިބުމުން ހައްޔަރުކުރި މީހުންގެ ސާމްޕަލް ދިނުމަށް އެދިފައިވާ ކަމަަށެވެ. ނަމަވެސް ސާމްޕަލް ދިނުމަށް ހައްޔަރު ކުރި މީހުން ދެކޮޅު ހަދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ ހުކުރެކޭ އެއްގޮތަށް އިއްޔަވެސް ހައްޔަރު ކުރި މީހުން ދޫކޮށްލާފައިވަނީ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށްފަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.