ހއ. އުލިގަމު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
އެމްޓީސީސީން މިހެން ބުނެފައިވަނީ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.
މީގެއިތުރުން އެމްޓީސީސީން ބުނެފައިވަނީ މި ގަލުގެ ދެވަނަ ޝިޕްމަންޓަކީ އެ ރަށުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ގަލުގެ ޝިޕްމަންޓް ކަމަށެވެ.
އަދި އެ ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.