މާލޭ މަގުމަތިން ބަނގުރަލާ އެކު ގދ. ގައްދޫ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މި ކަންހާމަކޮށްފައި ވަނީ ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
އެ މެސެޖުގައި ފުލުހުން ބުނީ، މާލެގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ޑްރަގް އެންފޯސް ޑިޕާޓްމެންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ މާލޭ މަޖީދީމަގުން މީހަކު ހުއްޓުވައި ބަލައިފާސްކޮށް ބަނގުރަލާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެރަށު ރެޑްމާގެ، މުހައްމަދު އަޒުހަމް ސައީދު (33އ) ކަމަށެވެ. އަދި އަޒުހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާގެ ސައިކަލު ބަލައި ފާސްކުރިއިރު 3 ފުޅި ބަނގުރާ ފެނުމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.