އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އުރީދޫ ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގައި މި މަހުގެ 29 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ.

މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދުމަށް އައިސްތިބޭ މީހުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ.

ފަޔަރ އިވެކުއޭޝަން ޑްރިލް ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގޭ ޑްރިލްތަކެކެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ އޮފީހުގައި މަސައްކަތްކުރައްވާ 200 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.