ގއ. ދެއްވަދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ދެއްވަދޫ މޮނިޓަރިންއަށް ލާފައި ވަނީ ހޯމް ކަރަންޓިންގައި ހުރި މީހަކު ކޮވީޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިމަހުގެ ދެ ވަނަ ދުވަހު އެވެ. އެގޮތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހުންގެ ނަތީޖާ ލިބެންދެންނެވެ.

ތިން ފަހަރެއްގެ މަތިން ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެންމެ ފުރަތަމަ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ.

އެފަހަރު ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން ދާންދުއާއި ވިލިނގިއްޔާއި ލ.ފޮނަދޫ އަދި ހުޅުމާލެއިން ޖުމްލަ 85 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.