ޒަޔަނިސްޓުންގެ ގައުމުގައި މިދިޔަ 2024ގައި އީރާނުން 13 ޖާސޫސީ ވިއުގައެއް ޤާއިމް ކުރިކަމަށް އިޒްރޭލުން ބުނެފިއެވެ. އިޒްރޭލުގެ ޖެނެރަލް އިންޓެލިޖެންސް ސާވިސް (ޝިން ބެޓް) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އީރާނުން އިސްރާއީލުގައި 13 ޖާސޫސީ ނެޓްވޯކެއް ގާއިމް ކުރުމުގައި ކާމިޔާބީ ހޯދިއެވެ. އަދި މި ވިއުގަތަކުން 37 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ޝިން ބެޓްގެ ބަޔާނެއްގައި ބުނެފައިވަނީ މި ޖާސޫސުންގެ ތެރެއިން ގިނައީ ޔަހޫދު ރައްޔިތުން ކަމަށާއި، އެމީހުން މިކަން ކޮށްފައި ވަނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ.

މިމީހުން އިޒްރޭލުގެ ސިޔާސީ އަދި ސަލާމަތީ ފަރާތްތައް މަރާކުމަށް އެހީތެރިވުން ފަދަ ނުރައްކާތެރި އޮޕަރޭޝަންތައް ހިންގުމަށް ފައިސާއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ އަހަރު ސައިބަރ ހަނގުރާމަ ކުރުން އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި އިޒްރޭލަށް އީރާނުން އެތައް ކާމިޔާބު ހަމަލައެއ ދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ޖުމުލަ 700 ހަމަލާ ކާމިޔާބު ކުރެވުނު ކަމަށްވެސް ބުނެފައި ވެއެވެ.