މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.

ލޮލަށް ބުޅިއެއް ހެރިގެން ޒަހަމްވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމްއެންޑީއެފް އިން ބުނީ ޅ.އަތޮޅުގައި އޮންނަ "މުލީ ބޮއެ" ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ރުއްކުރި" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްގާޑް ސްކޮޑްރޮމް އިން ކުރަމުން އަންނަ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ކޮށްފައި ވަނީ މިއަދު ހެނދުނު 07:30 ހާއިރުއެވެ.

އޭނާ ނައިފަރަށް ގެންދިއުމަށް ކޯސްޓްގާޑްގެ ލޯންޗެއް މިހާރު ދަނީ ދަތުރު ކުރަމުންނެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އޭނާ ނައިފަރަށް ގެންދެވޭނެ ކަމަށް ލަފާކުރެވެނީ 11:30 ކަންހާއިރުއެވެ.