ނޫސްވެރިންނާ ބައްދަލުވާއިރު އަމީތާބްގެ އަންހެނުން ޖަޔާ ބައްޗަށް ގިނަފަހަރަށް ފެންނާނީ ދޮށީ އުމުރުގެ ގިނިރުޅީގެ ހަތްބޯރާއްސެއް ހެންނެވެ. ނޫސްވެރިންނާއެކު އެކަންޏެއް ނޫނެވެ. ބައެއް ފަހަރަށް އިންޑިއާގެ މަތިގޭގައި އޭނާ ވާހަކަ ދައްކާއިރުވެސް އެހެން އިހުސާސްވާ ފަހަރު އާދެއެވެ. ރުންކުރު އަންހެނެކެވެ.
މިއަދު އަމީތާބްއާއެކު ދެމަފިރިން މުމްބާއިއަށް އައިސް އެއާޕޯޓުން ނިކުމެގެން ދަނިކޮށްވެސް މިފަދަ ސިނގު ރުޅިއެއް ޖަޔާގެ ފަރާތުން ފެނިއްޖެއެވެ.
އަމިތާބް ނިކަން ކޫލްކޮށް އޭނާއާ ބައްދަލުވި އަނިލް އަމްބާނީއާ ބަގަލްގީރުކޮށްލައި ކާރަށް އަރައެވެ. ނަމަވެސް ކާރާ ދިމާއަށް ދިޔައިރު ހިތްހަމަ ނުޖެހުނު ކަމަކާ ގުޅިގެން ޖަޔާ އޭނާގެ ސްޓާފަކަށް އިނގިލިދިއްކޮށް ވަރުބާލާތަން ފެނިގެން ނޫސްވެރިން އެމަންޒަރު ނަގާފައި ވެއެވެ.
ރާޖަޔާ ސަބާގައި ޖަޔާއަކީ 2004 ވަނަ އަހަރުން ފެށިގެން ސަމާޖްވާޑީ ޕާޓީ ތަމްސީލު ކުރާ މެމްބަރެކެވެ.
އޭނާ މިހާރު ދަނީ، އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ، ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އެކްޓް ކުރަމުންނެވެ.