ހަލި ސުފުރާ: ވައިޓް ސޯސް ވިތް ފިޝް

ބޭނުންވާތަކެތި

1 ގަނޑު ރޯމަސް ( ފޮތިފޮތިކޮށްފައި)1 މޭޒުމަތީސަމުސާ ބަޓަރު2 ޖޯޑު ކިރު ( ދިޔާ)3 / 1 ސައިސަމުސާ މުގުރި އަސޭމިރުސް1 މޭޒުމަތީ ސަމުސާ ފުށްލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ލޮނުކޮޅެއް ލައިގެން މަސްކޮޅު ތެލުލާފައި ބަހައްޓާށެވެ. ތަވާގައި ބަޓަރުކޮޅެއް ދިޔާކޮށްފައި ފުށްކޮޅު އެއަށް އެއްކޮށްފައި 2 މިނިޓް ކައްކާލާފައި އުނދުންމަތިންބާލާށެވެ. ދެން ވަރަށް މަޑުގިނީގައި ބަހައްޓައިގެން ކިރު އެއްކޮށްފައި އޮލަވަންދެން ކައްކާފައި ރަހަދޭވަރަށް ލޮނާއި އަސޭމިރުސް އެއްކޮށްފައި އުދުންމަތިން ބާލާށެވެ. ދެން މަސްތަކުގެ މައްޗަށް މިސޯސް އަޅާލާފައި ސާރވް ކުރާށެވެ.