އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް އިލްތިމާސްކޮށްފިއެވެ.
މެޓުން އިތުރަށް ބުނީ އެ ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ދެކުނުގެ މަދުރަށްތަކަށް ކެރީގެ އަސަރުކުރިނަމަވެސް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށްވެސް މެޓުން ބުންޏެވެ.
މީގެއިތުރުން މެޓުން ވަނީ އުތުގެ ބައެއް އަތޮޅުތަކަށާއި މެދުރާއްޖެތެރޭއަށް މިއަދު ފަތިހު 4:00 ޖެހިއިރު ހުދު ސަމާލުވެސް ނެރެފައެވެ. މި ހުދު ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.
މިވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރައްވައެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ ހެނދުނު 10:00 ގައެވެ.
މެޓުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށާއި ހުޅުލެއަށެވެ. އެގޮތުން މާލެއަށް 142.6 މިލިލީޓަރުގެ ވާރޭވެހިފައިވާއިރު ހުޅުލެއަށް ވެހިފައިވަނީ 144 މިލިލީޓަރުގެ ވާރޭއެވެ.