އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުން ތާޒާކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގައި ހިންގުނު އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމް އިއްޔެ ރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގުރާމުގައި ބައިވެރިވި 68 އިމާމުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއް އައްޑޫ ސިޓީގައި ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮގުރާމަކީ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އެ ބޭފުޅުންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް 19 އަތޮޅެއްގައި މިފަދަ ޕްރޮގުރާމްތައް ހިންގާފައިވާއިރު، ޖުމްލަ 804 އިމާމުން ވަނީ ތަމްރީނުކުރެވިފައެވެ.