ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކިިކަމުގެ ވިޔަފާރި ކުރަމުންދިޔަ ދެ ނެޓްވޯކް އަތުލައިގަނެ، އެ ކަމުގައި ހަރަކާތްތެރިވި ދެ ބިދޭސީން ޑީޕޯޓުކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ މި ނެޓްވޯކް އަތުލައިގަތީ ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީން ހޯދަން ހިންގި އިންސްޕެކްޝަންތަކެއްގައި ކަމަށެވެ. އަތުލައިގަނެފައި ވަނީ ހަތް ބިދޭސީންނެވެ. އެއީ 4 އަންހެނުންނާއި 3 ފިރިހެނުންނެވެ. ހަތަރު އަންހެނުން ތެރޭގައި ރަޝިޔާގެ 2 އަންހެނުން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝް އަންހެނަކާއި ޔުގެންޑާ އަންހެނެކެވެ. އަތުލައިގަތް 3 ފިރިހެނުންވެސް ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.

އިމިގްރޭޝަނުން ހާމަކުރައްވާފައި ވަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 02 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާނެ ކަމަށާއި ބާކީ 05 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންް އަންނަ ކަމަށެވެ.