ކޯޓަށް ހާޒިރުކުރުމަށްޓަކައި ގދ. ވާދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަނީ އެރަށު ސަބާހީމަންޒިލް، އިޒާމް ޒާހިރު (26އ) އެވެ.
ފުލުހުން ބުނީ އެނާ ހޯދަމުންދަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް އަޑުއެހުންތަކަށް ހާޒިރުވަމުން ނުދާތީ އާއި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި އެކި ފަހަރުމަތިން ކުރެވެނު މަސައްކަތުން އޭނާ ކޯޓަށް ހާޒިރުކުރެވިފައިނުވާތީ އާއި އޭނާ ހޯދުމަށްޓަކައި އެކިފަހަރުމަތިން ފުލުހުން ކުރި މަސައްކަތުން އުޅޭ ވަކިތަނެއް އަދި މިހާތަނަށް ހޯދިފައިނުވާތީ ކަމަށެވެ.
އަދި އިޒާމް ޒާހިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ވާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9960159 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.
ހަމައެއާއެކު ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.