ހިތާދޫ ކައުންސިލްގެ އިދާރާއިން 1446 ވަނަ އަހަރުގެ ރަމަޟާންމަހު ހިތާދޫ މަސްޖިދު މޫސާ ޢަލީގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

އެ އިއުލާނުގައި މި ފުރުޞަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 2025 ފެބްރުއަރީ 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް ބޭނުންވާ ލިޔެކިޔުންތަކާއެކު ހިތާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މި ފޯމު އެ ކައުންސިލްގެ އިދާރާއިންނާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މީގެއިތުރުން ހޮވޭ ޙާފިޡަކަށް އެލަވަންސްގެ ގޮތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް 500 ރުފިޔާ ދެވޭނެ ކަމަށް ހިތަދޫ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

އަދި 1446 ވަނަ އަހަރު މަސްޖިދު މޫސާ ޢަލީގައި އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދޭނީ ހިތާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމަށްވެސް ވަނީ އަންގާފައެވެ.