ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ މިދިޔަ ޑިސެންބަރު 27 ވަނަ ދުވަހުގެ ރޭ 01:45 ހާއިރުއެވެ.

ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި އެރޭ މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ފުލުސް ކާރު ގުލްއަލާމަގު، އިރުން ހުޅަނގަށް ނިރޮޅުމަގު ހުރަސްކުރި ވަގުތު ބާރު ސްޕީޑުގައި ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލަކާ ޖެހިގެންއެވެ. އަދި ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުކުރުމަށް އެދިފައެވެ.