އިންޑިއާގެ ބްރަހަމޯސް މިސައިލް ފިލިޕީންސަށް ވިއްކުމުގެ އެއްބަސްވުމެއްގައި އިންޑިއާއާއި ފިލިޕީންސްއިން ސޮއިކޮށްފިއެވެ. ފިލި؛ޕޕީންސްގެ ސިފައިންގެ މައި މަރުކަޒުގައި އޮތް ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ފިލިޕީންސަށް ކަނޑައަޅާފައިވާ އެމްބެސެޑަރެވެ.

ފިލިޕީންސްގެ ޑިފެންސް ސެކެޓްރީ، ޑެލްފިން ލޯރެންޒާނާއާ ޙަވާލާ ދީ ސްޓްރެއިޓް ޓައިމްސްގައި ބުނެފައިވަނީ މިއީ ބްރަހަމޯސް މިސައިލް ގަތުމުގެ އެއްބަސްވުޖމެއް ކަމުގައެވެ. ނަމަވެސް އިންޑިއާއިން އިންޑިއާގެ މީޑިއާގައި ބުނެފައިވަނީ މިއީ ފިލިޕީންސަށް އިންޑިއާގެ ދިފާއީ ސާމާނުތައް ވިއްކުމާ ބެހޭ އުސޫލު ކަނޑައެޅުމުގެ އެއްބަސްވުމެކެވެ.

ބްރަހަމޯސް މިސައިކލްއަކީ އިންޑިއާއާއި ރަޝިޔާއާ ގުޅިގެން އުފައްދާފައިވާ ހަތިޔާރެކެވެ. މިއީ އަޑަށް ވުރެން ތިނަގުނަ ބާރަށް ދަތުރުކުރާ ހަމައެކަނި މިސައިލްއެވެ. އަދި މިއީ ކަނޑުގެ އައްސޭރިފަށް ހިމާޔަތް ކުރުމަށާއި އެއްގަމުގެ ތަންތަނަށް ހަމަދިނުމަށް ކުޅަދާނަ މިސައިލެކެވެ.

ފިލިޕީންސުން ވަނީ ބްރަހަމޯސް ގަތުމަށް މިޔަ އަހަރުވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޮވިޑްއާއި ބަޖެޓްގެ ދަތިކަމާ ގުޅިގެން މިކަން ފަސްޖައްސާލީއެވެ.

އިންޑިއާއިން ބުނާ ގޮތުން ބްރަހަމޯސް ގެ އައު ވައްތަރެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ނަމަވެސް ފިލިޕީންސަށް ވިއްކާ މިސައިލަކީ 250 ކިލޯމީޓަރުގެ ރާސްތާއަށް ދާވަރުގެ މިސައިލެކެވެ.

އިންޑިއާއިން ވަނީ ފފިލިޕީންސަށް ހަތިޔާރު ގަތުމަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދީފައެވެ.

ފިލިޕީންސަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއާ ދެބަސްވުންނަ ގައުމެކެވެ. މިދިޔަ އަހރުގެ މެދުތެރޭގައި ޗައިނާއިން ފިލިޕީންސް ކަނޑުގައި ގަނާކުރުމުގެ މަސައްކަތްތަކެއް ކޮށް ފިލިޕީންސްގެ މަސްވެރިންނަށް ތުރާ ކުރުމުން އެމެރިކާއިން ޗައިނާ ސިފައިން ފައްސާލުމަށް މަނަވަރުތައްވެސް ފޮނުވާފައި ވެއެވެ.