ޝާހު ރުޚު ޚާނާއާއި އާއިލާ މައްކާއަށް އުމުރާއަށް ގޮސްގެން އުޅޭކަމަށް ބުނާ ފޮޓޯތަކެއް މީސްމީޑިއާގައި ވައިރަލް ވަމުން ދެއެވެ. ފޮޓޯގައި ބުނަނީ ދަރިފުޅު އާރިޔާން ޚާނާއާއި ގައުރީއާއެކު، ބޮޑު ޚާން ޢުމުރާއަށް މައްކާއަށް ދިޔައީ ކަމަށެވެ.

ގައުރީ އަކީ ހިންދޫއެކެވެ. އޭނާ އިސްލާމް ދީނަށް ވަދެފައެއް ނުވެއެވެ. އަދި ދެމަފިރިންގެ ކައިވެންޏަކީ ބޮލީވުޑްގެ އާންމު އުސޫލުން އިންޓަރފެއިތު މެރިޖެކެވެ.

ޚާންއާއި އާއިލާއާ ބެހޭ ގޮތުން ދައުރު ވަމުންދާ ފޮޓޯއަކީ އޭއައި (މަސްނޫއީ ބުއްދި: މަބް) އިން އުފައްދާފައިވާ ތަސްވީރެކެވެ. އެއާއިލާ އައު އަހަރު ފާހަގަ ކުރީ ފޮޓޯގައި ބުނާފަދައިން މައްކާގައެއް ނޫނެވެ!