އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަންއާ ދެކޮޅަށް އޭނާގެ ކޮއްކޮ ވަނީ ދައުވާއެއް ހުށަހަޅާފައެވެ. އޭން އޮލްޓްމަން ބުނަނީ ކުޑައިރު އޭނާގެ ބޭބެ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އަދި އެއާއެކު ބޮޑެތި ތުހުމަތުތައް ކޮށްފައި ވެއެވެ. އަދި ސޭމްއާއި އާއިލާއިން އެކަން ދޮގުކޮށްފައި ވެއެވެ.
ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އޭން ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އުމުރުން އެންމެ ތިން އަހަރުން ފެށިގެން 1997 އާއި 2006 އާ ދެމެދު ބޭބެ އޭނާއާ ބެހިފައިވާ ކަމަށެވެ.
ގަވާއިދުން ޖިންސީ ގޯނާ ކޮށް، ރޭޕް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 75،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރު ހޯދަން އޭން ދައުވާ ކޮށްފައި ވެއެވެ.
މި ތުހުމަތުތަކުން ޓެކްނޮލޮޖީގެ ދުނިޔެއަށް ވަނީ ލޮޅުމެއް އައިސްފައެވެ.
އޯޕަންއޭއައިގެ ކޯ ފައުންޑަރު އަދި 2022 ވަނަ އަހަރު ޗެޓްޖީޕީޓީ ތައާރަފްކުރި ކުންފުނީގެ ވެރިޔާގެ ގޮތުގައި ސޭމް އޮލްޓްމަން ދުނިޔޭގައި ވިދާފައި ވެއެވެ.