މަހާސާދާގަރު އެލޮން މަސްކްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ސްޓާލިންކް މިއަދުން ފެށިގެން ޕާކިސްތާންގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން އޮފް ޕާކިސްތާނުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފިއެވެ.

ޕާކިސްތާނުން ދަނީ، ބައިނަލްއަގްވާމީ ކޮންސަލްޓަންޓުންނާ ގުޅިގެން ޕާކިސްތާނުގެ ޖައްވީ ސިނާއަތުގެ ތެރޭގައި ތިރީ އޯބިޓުގައި އެނބުރޭ ބޭރުގެ ކުންފުނިތަކުގެ ސެޓެލައިޓްގެ ޚިދުމަތް ގަވާއިދާ އެއްގޮތަށް ޕާކިސްތާނުގައި ލިބިގަންނާނެ ގޮތާ ބެހޭ ގަވާއިދު އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ.