• ޓްރަމްޕް ވަނީ ފަރުވާއަށް ވޯލްޓާ ރީޑް މިލިޓަރީ މެޑިކަލް ސެންޓަރއަށް ވަޑައިގެންފަ
  • މިވަގުތު، ޓްރަމަޕްގެ ނޭފަތްޕުޅުން ފޭބުމާއި ކެއްސުމާއި، ހުންކޮޅެއްގައި އުޅުއްވާކަމަށްވޭ.
  • އެމެރިކާގެ ރިއާސަތުގައި އަދިވެސް ހުންނެވީ ޓްރަމްޕް. މަގާމުގެ މަސްއޫލިއްޔަތު ނާއިބް ރައީސާ ހަވާލެއް ނުކުރައްވާ.
  • ޓްރަމްޕްގެ ހާލުކޮޅު ސީރިއަސް ވެއްޖެނަމަ ވެރިކަމުގެ ސިލްސިލާގައި ތިއްބެވި ބޭފުޅުން ވަނީ ކޮރޯނާއަށް ޓެސްޓް ކުރައްވާފަ.
  • ނާއިބް ރައީސް މައިކް ޕެންސާއި ހައުސް އޮފް ރެޕްރެޒެންޓެޓިންސްގެ ރައީސާ ނެންސީ ޕެލޯސީ ވެސް ވަނީ ކޮވިޑަށް ނައްސިވެ ވަޑައިގެންފަ.
  • އުރުން ދޮށީ ވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައ ޓްރަމްޕްގެ ހާލުކޮޅު ސިރިއަސްވާނެ ކަމަށް ލަފާ ކުރެވޭ. ނަމަވެސް އެ އުއުމުރުގެ މީހުން ބަލިން ރަނގަޅުވާކަމަށްވެސް ދައްކާ. އަދި ޓްރަމްޕަށް އެންމެ ރަނގަޅު ފަރުވާ ލިބުމުގެ ސަބަބުން ބަލިން ފަސޭހަ ވުމުގެ ފުރުސަތު އިތުރުވާނެ.
  • އަލަށް ތަޖުރިބާ ކުރަމުންދާ އެންޓިބޮޑީ ޓްރީޓްމެންޓަކުން ޓްރަމްޕަށް ވަނީ ފަރުވާ ކޮށްފައި. ރީޖެނެރޮން ކުންފުނިން އުފައްދަމުންދާ އެންޓިބޮޑީ ފަރުވާއަކީ މި ބަލީގެ ކުރީކޮޅު ބޭނުން ކޮށްފިނަމަ ވައިރަސް ހަށިގަނޑު ތެރޭ ފެތުރުން ކުޑަ ކޮށްދޭ ފަރުވާއެއް. މި ފަރުވާ ދީފައިވަނީ ވައިޓްހައުސްއިން ކުންފުނީގައި އެދުމުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު.
  • ޓްރަމްޕް ތިން ސްޓޭޓެއްގައި ކެމްޕެއިން ކުރެއްވި ފަހުން އޭނާ ފައްސިވިކަން ހާމަވީ.

ކިޔާލަން: ޓްރަމްޕް ކޮވިޑަށް ފައްސިވެ ވަޑައިގެންފި

  • މައިކް ޕެންސް ކެމްޕޭންގެ މަސައްކަތް ކުރިއަށް ގެންދަވާނެ.
  • ވައިޓްހައިސްގެ ވައިރަސް ޓެސްޓް ކުރާ ވަސީލަތްތަކުން ދައްކާ ނަތީޖާ ރަނގަޅުކަމަކަށް ނުދައްކާ.
  • ޓްރަމްޕްއާ ގާތުން އެކި މުނާސަބާގައި ދިމާވެވަޑައިގަތް ފަސް ބޭފުޅަކު ވަނީ ކޮރޯނާއަށް ފައްސި ވެވަޑައިގެންފަ.
  • ދުނިޔޭގެ ލީޑަރުންގެ ތެރޭން ޓްރަމްޕްގެ ކުރިން މި ބަލި ތަޖުރިބާ ކުރެއްވީ އިނގިރޭސިވިލާތުގައި މިބަލީގެ ނުރައްކާ ކުޑަކަމަށް ވާހަކަ ދެއްކެވި، ބޮރިސް ޖޯންސަން ބޮޑު ވަޒީރާއި، ބްރަޒިލްގައި ފަރުވާ ކުޑަ ގޮތަކަށް ބައްޔާ ދޭތެރޭ ދެކެވަޑައިގަތް ރައީސް ބޮލްސޮނާރޯ.
  • މި ބޭފުޅުންގެ އިތުރުން، ހޮންޑިއުރާސްގެ ރައީސާއި، ބޮލީވިއާގެ ރައީސާއި ގުއެޓެމާލާގެ ރައީސާއި، އަރމީނިއާގެ ރައީސަކީވެސް ކޮރޯނާއަށް ފައްސިވެވަޑައިގަތް ބޭފުޅުން.
  • ޓްރަމްޕްގެ ޓީވީ ޑިބޭޓްގެ މޮޑެރޭޓަރއަކަށް އިން ކްރިސް ވެލަސް މީހުންނަށް އިލްތިމާސް ކުރަނީ މާސްކް އެޅުމަށާއި ސައިންސްގެ ހަމަތައް ގަބޫލުކުރުމަށް.
  • ބަހުސް އިންތިޒާމް ކުރި ފޮކްސްއިން ދަނީ ގިނަ އަދަދެއްގެ ސްޓާފުން ކޮވިޑަށް ޓެސްޓް ކުރުމަށް މަސައްކަތް ކުރަމުން.
  • ޓްރަމްޕް ފައްސިވެވަޑައިގަތަސް އެމެރިކާގެ ސިފައިން ތައްޔާރީ ހާލަތަށް ގެންނަ ހިސާބަކަށް ނުދާކަމަށް ޕެންޓަގަން އިން ބުނޭ.