ލުބުނާނުގެ ރައީސް ޖޯސެފް އައުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރައްވާނީ ސައޫދީ އަރަބިއްޔާއަށެވެ. ސައޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވަނީ ލުބުނާންގެ ރައީސަށް ދައުވަތު ފޮނުއްވާފައެވެ.
ލުބުނާންގެ ރައީސް ވިދާޅުވެފައި ވަނީ އޭނާ ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ސައޫދީއަށް ކުރެއްވުމަކީ، އާންމު ޕްރޮޓޮކޯލުގެ ތެރޭން ކުރަން ޖެހޭ ކަމެއް ކަމަށާޢި ޒަމާންތަނެއް ވަންދެން ލުބުނާނާއި ސައޫދީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށވެ.
އޭނާ ވިދާޅުވީ އޭނާގެ ފުރަތަމަ ބޭރު މަންޒިލެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ އިޚްތިޔާރު ކުރެއްވީ ސަރަހައްދުގައި ސައުދީ އަރަބިއްޔާގެ ތާރީހީ ދައުރު ގަބޫލުކުރައްވާތީ ކަމަށެވެ.