ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ ދެކުނު ސަރަހައްދުގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދު ނުކެނޑި ކުރަމުންނެވެ.

މިގޮތުން ތ. ތިމަރަފުށި، ލ. ގަން ފޭސް 2، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި ފޭސް 2، ގދ. ތިނަދޫ ފޭސް 2، އަދި ގދ ގައްދޫ ގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި އެބަ ކުރިއައްދެއެވެ.

ތ. ތިމަރަފުށްޓަށް ބަލާލާއިރު، މިވަގުތު އާރްޑީސީއިން ދަނީ އެރަށު އެއާޕޯޓު މަގުގައި ދުވާރުގެ މަސައްކަތް ކުރަމުންނެވެ. އަދި ކާސްޓިން ޔާޑުގައި ކޭބަލް ޖަންކްޝަން މަތިގަނޑުގެ ކަވަރު ކާސްޓު ކުރުމުގެ މަސައްކަތްވެސް އާރްޑީސީއިން ދަނީ ކުރަމުންނެވެ.

އާރްޑީސީއިން މިހާރު ދަނީ ގއ. ކޮލަމާފުށީގެ މަގުތަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދަންނަ އާދަމް ސައީދު މަގުގައި ޓްރީފިޓް އަދި ލައިޓް ޕޯސްޓް ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ އިތުރުން އެރަށު ރަށްދެބައި މަގުގައި ޑީވީޓަރ ނެޓްވޯކް އެޅުމުގެ މަސައްކަތް އާރްޑީސީއިން ދަނީ ކުރަމުންނެވެ.

ގދ. ވިލިނގިލީގައި ކާޑޭގޭ މަގުގައި މިވަގުތަ އާރްޑީސީއިން ދަނީ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ދުވާ ޓްރެކުގައި މަގު ކޮނުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

އާރްޑީސީން އަންނަނީ މާލެގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތްތައްކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންނެވެ.