ނޭޕާލްގެ ގަޑުނބަޑު ސިޔާސީ މައިދާނުގައި އެގައުމުގެ ސުޕްރީމް ކޯޓުން އަނެއްކާވެސް ޙުކުމެއް އިއްވައިފިއެވެ. އާދީއްތަ ދުވަހު ސުޕްރީމް ޙުކުމް ކޮށްފައިވާ މައްސަލައަކީ އޭގެ އިންތިޒާރުގައި ސިޔާސީ ފަރާތްތަކުން ބަލަބަލައި ތިބި މައްސަލައެވެ.
ނޭޕާލްގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ އިއްތިހާދު ސުޕްރީމް ކޯޓުން އުވައިލީއެވެ.
ނޭޕާލްގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ (އެންސީޕީ)އަކީ ކޭޕީ ޝަރްމާ އޯލީގެ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް (ޔުނިފައިޑް މާކްސިސްޓް ލެނިނިސްޓް)އާއި ޕުޝްޕާ ކަމަލް ޑަހާލް ޕްރަޗަންދާގެ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް (މާއޮއިސްޓް ސެންޓަރ)ގެ ދެޕާޓީ އެއްވެގެން 2018 ގައި އުފެއްދި ޕާޓީއެކެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ޙުކުމް ކޮށްފައިވަނީ މި ދެޕާޓީ އެއްވެގެން ކޮމިއުނިސްތް ޕާޓީ އޮފް ނޭޕާލް ހެދުމަކީ ބާތިލް ނިންމުމެއް ކަމުގައެވެ. އަދި ކޯޓުން ބުނެފައިވަނީ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް، މިނަމަކީ އެހެން މީހަކު މާކުރިން ރަޖިސްޓްރީކޮށްފައިވާ ނަމެއް ކަމަށެވެ.
ކޯޓުން ބުނެފައި ވަނީ ނޭޕާލް ކޮމިއުނިސްޓް ޕާޓީ ހަދަން އެއްވި ދެ ޕާޓީ އޮންނާނީ އެއްވުމުގެ ކުރިން ދެ ޕާޓީ އޮތް ގޮތަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އައު ނަމެއް ހޯދައި އިއްތިހާދު ވުމަކަށް ހުރަހެއް ނެތް ކަމަށެވެ.
އޯލީ އާއި ޕްރަޗަންދާގެ ދެ ޕާޓީންވެސް 2018 ގައި އިލެކްޝަނަށް ނިކުތީ ވަކިވަކިން ވަމި މެނިފެންސްޓޯއަކާއެކުގައެވެ. އިލެކްޝަން ކާމިޔާބު ކުރުމަށް އަހަރެއް ފަހުން ދެ ޕާޓީން އެއްވެ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް ހެދިކަމަށް އިޢްލާން ކުރީއެވެ.
މިއިންތިޚާބުގައި ގިނަ ގޮނޑު ކާމިޔާބު ކޮށްފައި ވަނީ އޯލީ ޝަރްމާއެވެ. އަދި ޕްރަޗަންދާއަށް ލިބިފައި ވަނީ 38 އިންސައްތަ އެވެ.
ދެ ބައި މީހުން ގުޅިގެން އުޅުމުގެ ތެރޭގައި ސިޔާސީ މައްސަލަތުގައި ޚިޔާލު ތަފާތު ވެގެން ސަރުކާރު ނުހިންގިގެން އޯލީ ޝަރްމާ ވަނީ ޑިސެމްބަރު 20 ގައި ޕާލަމެންޓް އުވާލާފައެވެ.
ސުޕްރީމް ކޯޓުން ވަނީ އޯލީ ޝަރްމާގެ ނިންމުން ބާތިލުކޮށް އަލުން މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.