މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންތަކެއް އިހުތިޖާޖު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ އަދަދެއްގެ މަޖޫރީންތަކެއް އިހުތިޖާޖު ކުރީ ކޮންޓެއިނާތައް ޝިފްޓް ކުރަންދެން މަޖޫރީން ތިބޭ ސަރަހައްދުގައި މަޑުކުރުމަށް އެދުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.

އެމީހުންގެ ކަންބޮޑުވުމަކީ އެމްޕީއެލްއިން އަލަށް އެޅި ސަލާމަތީ ފިޔަވަޅުތަކާއި އެކު ބަނދަރަށް ވަދެވޭ ގަޑި ލަސްވުމެވެ. އާންމު ގޮތުގައި އެމީހުން ނުވައެއް ޖަހާ އިރަށް މަސައްކަތަށް އަންނަ ނަމަވެސް މިހާރު އެޅިފައިވާ ފިޔަވަޅުތަކާއެކު ބަނދަރަށް ވަދެވެނީ އެޔަށް ވުރެ ލަހުން ކަމަށް ވެއެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށްފަހު އިހުތިޖާޖު ކުރުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

ދާދި ފަހުން އެމްޕީއެލްގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ ދެ މަޖޫރީ އަކު ވަނީ މަރުވެފަ އެވެ.