އއ. މާޅޮހުގައި ވެކްސިން ޖެހި ފަހުން އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ވެކްސިން ޖެހި ފަހުން ވަރަށް ގަދަ އަށް ބޮލާއި ގައިގައި ރިއްސާތީ އުޅުނު ކަމަށްވެއެވެ. އޭނާގެ ހާލު ކުޑަކޮށް ރަނގަޅުވުމާ ގުޅިގެން މަހަށް ވެސް މިއަދު ދިޔައެވެ.

މަހަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ހާލު ދެރަވެގެން ވަނީ ކ. ހިންމަފުށްޓަށް ގެންގޮސްފައެވެ.

ހިންމަފުށި ކައުންސިލާ ހަވާލާދީ "ސީއެންއެމް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހާ އެރަށް ގެނައީ ވަރަށް ބޮޑަށް ހާލުދެރަވެގެން މިއަދު ހެނދުގެ ވަގުތެއްގައެވެ. އޭރުގައި އެމީހާ އަދި މަރު ނުވާ ކަމަށާއި މަރުވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 8:55 ކަމަށެވެ.