ކޭންޕަކަށް ގޮސް އުޅުނު ދިވެހި ޒުވާން ފިރިހެނުން ތަކެކެވެ. މި މީހުންގޮސް އުޅުނީ ރާއްޖޭގެ ރަށަކަށެވެ. ނަމަވެސް ކޭންޕު ޖަހައިގެން އުޅުނީ މީހުން ދިރި އުޅޭ ސަރަޙައްދާ ދުރު ހިސާބެއްގައެވެ. ކޭންޕުގެ ގޮރޫޕްތައް ބެހުމަށްފަހު ކޮންމެ ގުރޫޕަކަށް ވަކިން ނިދާނެ ތަނާއި ފާހާނާ ކުރެވޭނެ ގޮތް ހަމަ ޖެއްސިއެވެ. ކޮންމެ ގުރޫޕެއްގައި ހަޔަކާއި އަށަކާއި ދެމެދު މީހުން ތިއްބެވެ. ކައިބޮއި ހަދަނީވެސް އަމިއްލަޔަށް ކައްކައިގެނެވެ.

ކޭންޕުގެ ޙަރަކާތްތަކަށް ވަކި ބިމެއް ކަނޑަ އެޅިފައި ވެއެވެ. މިތަނުގައި ގަޑިތައް ނެގުމާއި ކުޅިވަރުގެ އެކި ޙަރަކާތްތައް ހިންގަމުން ގެންދެއެވެ. މި ކޭންޕުގައި ގަޑިއަށް ފަރުވާތެރިވެ ކަންތައް ތައް ނިންމުމަށް ވަރަށް ބޮޑަށް ބަލައެވެ.

އެއްދުވަހަކު ގަޑިއަށް ކޭންޕު ހަރަކާތް ތަކަށް ދާންވެގެން ގުރޫޕެއްގެ ޒުވާނަކު ފާހާނާ އަށް ވަދެ ފެން ވަރާލިއެވެ. މި އީ ތަންކޮޅެއް އިސްކޮޅުން ކުރު ހިމަ ތޮޅި ޒުވާނެކެވެ. އޭނާ އަކީ އާންމު ގޮތެއްގައި ބިއްލޫރި ގަނޑު ބޯ އައިނެއް އަޅަން ޖެހޭ ޒުވާނެކެވެ. ނަމަވެސް ފެންވަރަން ވަނީ އައިނު އަޅައިގެނެއްނޫ ނެވެ. ފެންވަރައިގެން ފާހާނާގެ ރޯނުގައި އޮތް ސޯޓް ލައިގެން ނުކުމެއްޖެއެވެ. ސޯޓް ލުމުންވެސް އުނަގަނޑުގައި އެ ހަރު ނުލާކަން ފާހަގަ ކުރެވުނެވެ. އަދި ތަނބިކައްޓާ ހަމައަށް ސޯޓް ފައިބާތީ ކުލައަށް ބަލާލި އިރު ހަމަ އޭނަގެ ސޯޓްގެ ކުލައެވެ.

ދެވަނައަށް ފެންވަރަން ވަނީ ހަށިގަނޑުން ބޮޑު އިސްކޮޅުންވެސް ދިގު ޒުވާނެކެވެ. މީނާ ފެންވަރައިގެން ސޯޓް ލައިގެން ނުކުމެ ސޯޓްގެ ފައިކުރިއަށް ދަމަމުން ދިގުވޭތޯ އުޅެއެވެ. އަދި ސޯޓް އުނަގަނޑަށާއި ފަޔަށް ބާރު ކަމުން ހިނގެނީވެސް އަސްދޫންޏެއްހެނެވެ. ދެވަނަ އަށް ފާހަނާ އަށް ވަން ޒުވާނާ އަށް ކޭންޕް ހަރަކާތްތަކަށް ދެވުނީވެސް ތަންކޮޅެއް ލަހުންނެވެ. އޭނާ ހިނގާފާ އަންނަ ގޮތުން އެހެން ބައިވެރިން ފާޑަކަށް ހެވިފައި ތިއްބެވެ. ހަރަކާތް ތަކުގައި މި ދބައިވެރިންވެސް އުޅުނީ ވަރަށް ދަތި ހާލުގައެވެ. އެކަކު ސޯޓް އުނަގަނޑުން ހަރު ނުލައިގެން އުޅޭ އިރު އަނެކަކު ސޯޓް ބާރު ކަމުން ދެފައި ދުރު ނުކުރެއެވެއެވެ. ކޭންޕުގެ ހަރަކާތް ތަކުގެ ތެރެއިން އުޑުފައިން އިށީނުމަށް އިރުޝާދު ދިނުމުން އެންމެން އިށީން ވަގުތު ބާރު އަޑުފައްގަނޑެއް އިވިއްޖެއެވެ. އެވަގުތު ކޭންޕުގެ ހުރިހާ ބައިވެރިން ނޭފަތުގައި އަތް އަޅައިފިއެވެ. ނަމަވެސް އިރުކޮޅަކުން އެ އަތް ނެގުމަށް ފަހު އެކަކު ބުނެފިއެވެ. އެކަހަލަ އެއްވެސް ވަހެއް ނެތެވެ. ދެން ސޯޓް އުނަގަނޑުގައި ހަރުނުލއިގެން އުޅުނު ސޮރު ގަޔަށް ބާރު ސޯޓް ލައިގެން ހުރި ޒުވާނާ ގާތަށް އައިސް އެބަ ބުނެއެވެ. ކަލޭ ތިޔަ ފަޅާލީ މަގޭ ސޯޓެވެ. ޒުވާނާ ބުންޏެވެ. ފުރަތަމަ ކަލޭ ފާހާނާއިން ނުކުތީ އަހަރެން ސޯޓް ލައިގެނެއްނޫން ހެއްޔެވެ؟ އަހަރެން ބަލާލި އިރު އޮތް ސޯޓަކީ މިއީއެވެ.

ކޮންމެ އަކަސް އެކެއްގެ ސޯޓު ކޭންޕުގައި ބޭނުން ނުކުރެވެވަރަށް ބާގަޑެއް ހެދުނީއެވެ. ނަމަވެސް މި ލަނޑު ލިބުނީ ތިމާގެ އެއްޗެއްތޯ ބަލައި ނުލާ ސޯޓް ލައިގެން ނުކުތީމައެވެ.