ވެކްސިން ޖެހި މީހަކު މަރުވުމާއި ގުޅިގެން އެކަން ބަލަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭ ބުނެފައިވަނީ މަސްދޯންޏެއްގައި ހުރި 45 އަހަރުގެ ފިރިހެނަކު ހާލަތު ގޯސްވުމާއި ގުޅިގެން ހިންމަފުށީ ހެލްތް ސެންޓަރަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމީހާ މިއަދު ހެނދުނު 09:13 ހާއިރު ނިޔާވެފައިވާކަމަށްވެސް މައުލުމާތު ދީފައިވެއެވެ. އެމީހާއަކީ އއ. މާޅޮހަށް ނިސްބަތްވާ މީހެކެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެމީހާ މިމަހާ އަކީ އިއްޔެ ވެކްސިން ޖެހި މީހެއްކަމަށެވެ.

އަދި އެމީހާ މަރުވި ސަބަބު ހޯދުމަށް އިތުރަށް ބަލަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.