ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ސަރުކާރުން ގާއިމް ކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

އެ ނިޒާމު ސަރުކާރުގެ ފަރާތުން ފެނަކައާ ހަވާލުކޮށްދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. ފެނަކައިގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ.

މިއީ ގްރީން ކްލައިމެޓް ފަންޑާއި، ޔޫއެންޑީޕީއާއި ދިވެހި ސަރުކާރުގެ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖޭގައިމި މަޝްރޫޢު ކުރިއަށް ގެންދިއުމެވެ.

މިއަދު ވަނީ ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ، ނިލަންދޫ، މާމެންދޫގައި ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމް ވެސް ފެނަކައާ ހަވާލު ކޮށްފައެވެ. އެތަންތަން ވެސް ފެނަކައާ ހަވާލުކޮށްދެއްވީ މިނިސްޓަރ ޙުސައިން ރަޝީދު ޙަސަނެވެ.

މިއަދުން ފެށިގެން މިރަށް ރަށުގެ ވާރޭފެން ފޯރުކޮށްދިނުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދާނީ ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުންނެވެ.