ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 110 މީހުން މިއަދު ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 21,144 އަށް އަރައިފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވި 110 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 84 މީހުންނެވެ. އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވީ 2 މީހެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 24 އެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި 110 މިހުންނަށް ބަލިޖެހިފައިވާއިރު، 106 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިއާ އެކު ބަލިން ރަނގަޅުވި މީހުންގެ އަދަދި ވަނީ 18,534 އަށް އިތުރުވެފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 2,539 މީހުންނެވެ. އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ ޖުމްލައަކީ 164 އެވެ. މިބަލީގައި މިހާތަނަށް ވަނީ ރާއްޖެއިން 64 މީހުން މަރުވެފައެވެ.