ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ރަނގަޅުވެ، އަލިވާނީ އަންނަ ބުދަ ދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ލަފާކޮށްފައި ވަނީ ރާއްޖޭގެ ކަނޑުތައް ބުދަ ދުވަހާ ހަމައަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދިި ވިލާގަނޑުގައި 30 މޭލަށް ވައި ބާރުވެ، ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓުން ހާމަކުރައްވައެވެ. އަދި އާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާ 5 ފޫޓާއި ދެމެދުގައިކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.