މޮސްކޯ، ޖެނުއަރީ 24. /ޓާސް/: އެމެރިކާއާ މުއާމަލާތް ކުރަން ރަޝިޔާއިން ދުވަހަކުވެސް ދެކޮޅު ނުހަދާކަމަށާއި ގުޅުންތައް ދޫކޮށްލީ އެމެރިކާގެ ކުރީގެ ލީޑަރު ޖޯ ބައިޑަން ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
"ޔޫކްރޭނުގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް (ޖޯ ބައިޑަން) ގިނަ ބަޔާންތަކެއް ވިދާޅުވެފައިވޭ. ފުރަތަމަ ދަންނަވާލަން ބޭނުންވަނީ ރަޝިޔާއިން ދުވަހަކުވެސް އެމެރިކާއާ މުއާމަލާތް ކުރަން ދެކޮޅު ހަދާފައި ނުވާކަން. ކުރީގެ ވެރިކަމުން މި ގުޅުންތައް ދޫކޮށްލުމަކީ އަޅުގަނޑުމެންގެ ކުށެއް ނޫން،" ރަޝިޔާ-21 ޗެނަލްއަށް ރައީސް ޕޫޓިން އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
އެމެރިކާގެ ރައީސްކަމުގެ މަގާމާ ޑޮނަލްޑް ޓްރަންޕް ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ނިންމާނެ ކަމަށް ހަނގުރާމަ ދިރާސާ ކުރައްވާ މުހައްލިލުން ދެކިވަޑައިގަންނަވައެވެ. ދާދިފަހުން ރައީސް ޓްރަންޕް ވިދާޅުވެފައި ވަނީ ތެލުގެ އަގު ހެޔޮ ކުރުމަށް ސައުދީއަރަބިއްޔާއަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށާއި، މިއީ ރަޝިޔާ - ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.