ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެދު ރާއްޖޭ ތެރޭގެ ބޮޑުބަޔަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ.

މި ސަމާލުގައި މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭ ވެހެމާއެކު ގުގުރާނެ ކަމަށެވެ.

އަދި ގަޑިއަކު 40 މޭލަށް މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:00 ގައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.