މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެމްއެންޑީއެފުން އިތުރަށް ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓާއި ދިމާ ބޭރު ސަރަހައްދުގައި ކަމަށެވެ.
މިރޭ 21:30 އިން ފެށިގެން 5 މިނެޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެއެވެ.
އަދި މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. މީގެ ކުރިންވެސް އެކި މުނާސަބަތުގައި މާލެއާއި ބައެއް ރަށްރަށުގައި އެމްއެންޑީއެފުން އަމިއްލަ ފަރާތްތަކުން ބާއްވާ އަރުވައިދީފައިވެއެވެ.