މާލޭގައިދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިކަން ހާމަކޮށްފައިވަނީ މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖުގައި ފުލުހުން އިތުރަށް ބުނެފައިވަނީ މިމަހު 15 ވަނަ ދުވަހުގެ 08:17 އެހައިކަންހާއިރު ރަތްވިލާމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ބަޔަކު މީހުން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަ ކޮށްލާފައިވާ މައްސަލަ އެ ހިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އަދި މި މައްސަލައިގެ ތުހުމަތުގައި މާލެ، ހ. ރޯޒެންޑޭލް، ސަފްވާން ޒުފްރަތު (29އ) އާއި ށ. ފޭދޫ، އުދަރެސް، އަލީ ނާޝީދު (34އ) ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ސަފްވާން ޒަފްރަތު ހައްޔަރުކޮށްފައިވަނީ މި މަހު 20 ވަނަ ދުވަހުގެ 21:19 އެހައިކަންހާއިރު ކަމަށާއި އަދި އަލީ ނާޝިދު ހައްޔަރުކޮށްފައިވަނީ މި މަހު 21 ވަނަ ދުވަހުގެ 01:09 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެޏެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.