އަންނަ އެޕްރީލް މަހުން ފެށިގެން މެޖިސްޓްރޭޓުންނަށް ފޯން އެލަވެންސް ދިނުމަށް ނިންމާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ސޮއި ކުރައްވައި ނެރުނު ސާކިއުލަރގައިވާގޮތުން، ފޯން އެލަވެންސް ދިނުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމާފައިވާތީއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުން ވަނީ މެޖިސްޓްރޭޓުންނަށް ފޯން އެލަވެންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ދިނުމަށް ނިންމާފައެވެ.

ޖޭއެސްސީ އިން ހާމަކޮށްފައިވާ ގޮތުގައި، މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސް ދިނުމަށް ފަށާނީ މި ފެށޭ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.