ދިވެހީންގެ ބޭންކް، ބީއެމްއެލްއަށް އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާނީ 3 ޑިރެކްޓަރުންނެވެ.
ބީއެމްއެލްއިން މިއަދު ކުރި އިއުލާނުގައި ބުނީ އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން 24 ފެބްރުއަރީ ވާ ދުވަހުގެ 14:00 ގެ ނިޔަލަށް ބީއެމްއެލްގެ ހެޑް އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ އެ ބޭންކުގެ ކޯޕަރޭޓް އެފެއާޒު ޔުނިޓުން ބަލައިގަންނަމުންދާނެ ކަމަށެވެ.
އިއުލާނުގެ ތަފްސީލް:
https://www.gazette.gov.mv/iulaan/325037
ބީއެމްއެލްއިން ވަނީ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ވަރުގަދަ ޝަރުތަކެއްވެސް މަތިކޮށްފައެވެ. މިގޮތުން ބަނގުރޫޓްވެފައިވާ މީހެއް ކަމުގައި ނުވުމާއި ރާއްޖެ އާއި އަދި އެހެން ގައުމެއްގައިވެސް އަދާނުކުރެވިވާ ސާބިތު ދަރަންޏެއް އޮތް މީހަކަށް މި މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ.