މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންދެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ މޮރޮކޯގެ އެމްބެސެޑަރ އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރައްވާފައިވެއެވެ.
ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ވަޒީރު އަރުވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާ ގުޅޭގޮތުން ވެސް ދެ ފަރާތުން މަޝްވަރާކުރައްވާފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.