ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް ނިމިފައިކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި، ހޮޅި އެޅުމުގެ އިތުރުން ސްޓޯމް ވޯޓަރ ނެޓްވޯކް އެޅުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައިކަމަށް އާރްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
ދިއްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 54 އިން ސައްތަ ނިމިފައިވާއިރު، ކޮނެގެން ކުރައްޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ އިތުރުން ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުންފަދަ މަސައްކަތްތަކުގެ ބޮޑު ބައެއްވަނީ ނިންމާލެވިފައިވާކަމަށް އާރްޑީސީއިން ބުނެއެވެ.
ދިއްދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ މި 2023 ވަނަ އަހަރުގެ ފަހުކޮޅު މި މަޝްރޫޢޫގެ މަސައްކަތް އޮތީ މަޑު ޖެހިފައެވެ. ނަމަވެސް މި ސަރުކާރުން އެކުލަވާލި ސިޔާސަތު ދަށުން ދިއްދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު މަސައްކަތްތައް އަލުން ފަށައިގަނެވުނީ 2024 ކުރީ ކޮޅުގައެވެ.
އަދި ހަމައެހެންމެ، ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 25 އިން ސައްތަ މަސައްކަތް މިހާރު ވަނީިހާރު ވަނީ ނިމިފައިކަމަށްވެސް އާރްޑީސީން ފާހަގަކޮށްފައިވެއެވެ. އިހަވަންދޫގެ މަޝްރޫޢުގައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ޖަންކްޝަން ނެޓްވޯކް އެޅުމުގެ 75 އިން ސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ކޮނެގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ވެސް ކުރަމުންދާކަމަށް ބުނެފައިވެއެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ އުތުރުގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.