ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ޗައިނާގެ ޝަންހާއީއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތައް ފެށުމާ ގުޅިގެން، ގުޅިގެން، ފުރަތަމަ ދަތުރުގައި ޗެކްއިން ކުރި ފަސިންޖަރުންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.

ޝަންހާއީއިން ރާއްޖެއައި ފުރަތަމަ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ތެރެއިން

މި މަހުގެ 6 ވަނަ ދުވަހު މޯލްޑިވިއަން އިން ތަޢާރަފުކުރި ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތަކުގެ ތެރެއިން ޝަންހާއީއަކީ ތިންވަނައަށް ދަތުރުތައް ފެށުނު މަންޒިލެވެ. މީގެ ކުރިން، މި މަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށާއި 24 ވަނަ ދުވަހު ބެއިޖިންގއަށް ދަތުރުތައް ފަށާފައިވެއެވެ.

ޗައިނާގެ މަންޒިލްތަކަށް ދަތުރުތައް ފެށުމާއެކު، މޯލްޑިވިއަން އިން ވަނީ ޚާއްޞަ އަގުހެޔޮ ފެއަރއެއްވެސް ތަޢާރަފުކޮށްފައެވެ. މި ފެއަރގެ ދަށުން، މާކެޓުގައި މިހާރު ލިބެންހުރި އަގުތަކާ އަޅާބަލާއިރު 30 އިންސައްތައިން 50 އިންސައްތައަށް ވުރެ ބޮޑަށް އަގު ކުޑަވާނެ ކަމަށް އެއަރލައިނުން މަޢުލޫމާތު ދީފައިވެއެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ޗައިނާއެވެ.