މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރެވިފައި ނުވާތީ އެސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 6 އިން ދަށުގެ ކުދިންނަށް ކުރިއަށް އޮތް ހަފަތާގައި ވެސް ކިޔަވައި ދެއްވާނީ އޮންލައިންކޮށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ މިބަލިން ރައްކާތެރިވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.
އެ މިނިސްޓްރީން ކުރައްވާފައި އިއުލާނެއްގައި ވިދާޅުވެފައިވަނީ މާރިޗު 14 އިން 18 މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީއިން ފެށިގެން ގްރޭޑް 6 އާ ހަމައަށް ކިޔެވުން ކުރިއަށް ގެންދުއަށް ހަމަޖެހިފައިވަނީ އޮންލައިކޮށް ކަމަށެވެ.
މިގޮތަށް ހަމަޖެއްސިޔަސް ގްރޭޑް 7 އިން ފެށިގެ ގްރޭޑް 12 ގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ސްކޫލަށް ހާޒިރުވެގެން ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި ބަދަލުތައް މިނިސްޓްރީން ގެންނަވަނީ އެވަގުތަކު ކޮވިޑްގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހުގައެވެ.