ޣައްޒާއިން ފެންނަ ކަންތައްތަކަކީ ފަލަސްޠީނު މީހުން ބަލި ކޮށްލުމެއް ނޫންކަމަށާއި އެއީ އިޒްރޭލު ސިފައިން ބަލިކޮށް ފަލަސްޠީނު މީހުން ހޯދި ނަސްރެއް ކަމަށް އިޒްރޭލުގެ ފުލުހުންގެ ތާކިހާ ވަޒީރު ބުނެއެވެ.
"ޣައްޒާއިން އަންނަ ތަސްވީރުތަކުން ކަށަވަރުކޮށްދެނީ މިހާތަނަށް ހިނގާފައިވާ ކަންކަމަކީ މުޅިން ކާމިޔާބީއެއް ނޫން ކަމަށާއި އެއީ އިޒްރޭލަށް ލިބުނު ބޮޑު ނާކާމިޔާބެއް" ތާކިހާ ވަޒީރު ބެންގްރީވު ބުނި ކަމަށް އިޒްރޭލު މިޑިއާއިން ބުނެއެވެ.
ބެންގްވީރު ވަނީ މިއަދު ފަލަސްޠީނުގެ މުޖާހިދުން ބާއްވާފައިވާ ޕެރޭޑްތައް ކުށްވެރިކޮށްފައެވެ. ފަލަސްޠީނު މީހުން ވަނީ މަގުތަކުގައި ބާރު ދައްކާފައެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ އިޒްރޭލުން ވަނީ ފިއްތުންތަކާއެކު ދީފައިވާ ޑީލަށް ރުހިފައެވެ. އަދި އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫން ކަމަށް ތާކިހާ މީހާ ބުންޏެވެ.
ބެންގްވީރަކީ އިޒްރޭލުގެ އެންމެ ހަރުކަށި ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ތެރޭން އަރާ ހުރި ނުލަފާ މީހެކެވެ.
އިދިކޮޅު އިޒްރޭލު ބައިތުނާ ޕާޓީގެ ވެރިޔާ އަވިގްޑޯ ލިބަރްމަން ބުނީ "ޣައްޒާއިން ފެންނަ މަންޒަރުތަކުން ސާބިތުވަނީ އެފަދަ ބަޔަކާ އަބަދަށްޓަކައި ވަކިވާން ޖެހޭކަން" ކަމަށެވެ.
އިޒްރޭލުގެ ހަރުކަށި ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ވެސް ވަނީ ފަލަސްޠީނުގެ މުޖާހިދުން ބޭއްވި ޕެރޭޑުން ހިއްދަތިވެފައިވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ ފަލަސްޠީނުގެ މީހުން ބާރުވެރިކޮށް ފެނުމުން އެކަމާމެދު ހިތް ނުތަނަވަސްވާ ކަމަށެވެ. އޭނާ ބުނީ ހަމާސްގެ މެހުމާންދާރީގައި ތިބި ހަނގުރާމައިގެ އަސީރުން އަނބުރައި ލިބުމުން އުފާވިނަމަވެސް އިޒްރޭލުން އެކަމަށް ދައްކާފައި ވަނީ ވަރަށް ބޮޑު އަގެއް ކަމަށެވެ.