އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އޭނާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ރަޝިޔާއާ ދެކޮޅަށް ޓެރަރިސްޓް ޢަމަލެއް ހިންގަން އުޅުނު މައްސަލަ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ތަހުގީގު ކުރުމަށް ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުން ގޮވާލައިފިއެވެ.

އެމެރިކާގެ އިސް ދެވެރިން ވަނީ ޣީލާ މަރެއްގައި ރަޝިޔާގެ ރައީސް ޕޫޓިން އަވަހާރަކޮށްލުމަށް ސައްލާ ކޮށްފައެވެ.

ރަޝިޔާގެ ގާނޫނު ހަދާ މަޖިލިސް ޑޫމާއިން ބުނެފައި ވަނީ މި ދެވެރިން ސައްލާކޮށްފައިވާ ޕޫޓިން އަވަހާރަކޮށްލުމުގެ ޓެރަރިސްޓް އަމަލު ސާބިތުވެއްޖެނަމަ އެމީހުންނަށް އަދަބެއް ނުދީ ދޫކޮށްގެން ނުވާނެ ކަމަށެވެ.

އެމެރިކާގެ ނޫސްވެރިޔާ ޓާކަރ ކާލްސަން ވަނީ މި ދެވެރިން މިކަމަށް ސައްލާކޮށް ރޭވިކަން ބޭޒާރުކޮށްލާފައެވެ. އަދި އޭނާ ބުނެފައި ވަނީ އެކަމަށް ރާއްވައި ސައްލާ ކުރުމަކީ ދުނިޔޭގެ ސަލާމަތަށް ނުރައްކާ ކުރުމެއް ކަމަށާއި އަދި އެކަމަކީ ސީދާ ނިއުކްލިއަރ ހަނގުރާއެއް ފެށުމުގެ ސަބަބަކަށ ވެދާނެ ކަމެއް ކަމަށެވެ.

އެމެރިކާ ވެރިންނަކީ އޮޅުވާލުމާއި ރޭވުމުގެ ތެރޭން ޤައުމުތަކުގެ ވެރިން އަވަހާރަކޮށްލުމުގެ މާޒީއެއް އޮންނަ ބަޔެކެވެ.