ބޭނުންވާ ތަކެތި

1 ކިލޯ ކަނޑުމަސް

1 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ)

3 މޭޒުމަތީ ސަމުސާ ދަވިއްގަނދު ( ނުމުގުރާ)

17 ހިކި މިރުސް

3 ކާފޫރު ތޮޅި

1 އިންޗީގެ ފޮނިތޮށި ( ދެބުރިކޮށްލާފައި)

3 ލޮނުމެދު

2/1 ސަމުސާ ރީނދޫ

2 ފިޔާ (ބޮޑު)

4 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)

3 ހިކަނދިފަތް

2 ކާށި

ރަހަލާ ވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

2 ކާށިން ހުނި ގާނާށެވެ. ދެން ރޯމަސް ކޮށާށެވެ. މަސް ކޮށާނީ ކުޅިމަހަށް ކޮށާވަރަށްވުރެ ބޮޑެތިކޮށް ތުތިމަހަށް ވާ ގޮތަށެވެ. ދެން ދިރި، ދަވިއްގަނދު، ހިކިމިރުސް، ރީނދޫ، ފޮނިތޮށި، ކާފޫރުތޮޅި، އިނގުރު، ލޮނުމެދު ، 1 ފިޔާ، ހިކަނދިފަތާއި ހުރިހާއެއްޗެއް އެއްކޮށް މިކްސަރުން ހިމުން ކޮށްލާށެވެ. އެއަށް ފަހު ގޭނި ހުނީގެ ދެބައިކުޅަ އެއްބައިވެސް އަޅައިގެން ހިމުން ކޮށްލާށެވެ. ދެން ބާކީ ހުރި ހުނިން ކިރު ފެލާށެވެ. ފެން ކިރާއި ބޯކިރު ވަކިންނެވެ. ދެން ތެއްޔަކަށް ކޮށި މަހާއި ހަވާދާއި ރާނބާފަތް ލޮނުވެސް ލައިގެން ފެންކިރު އެޅުމަށްފަހު ކައްކާލާށެވެ. ދެން ހުރި ބޯކިރުގެތެރެއަށް ބާކީ އޮތް ފިޔާ ކޮށާލާފައި މަތިޖަހާލާފައި ބަހައްޓާށެވެ. މަހާއި ހަވާދު ރަނގަޅަށް ރޯފިލުމުން ބޯކިރު އަޅާލާށެވެ. އެއަށްފަހު ދޭފަތަކުން ހަލާލުމަށްފަހު އުނދުންމަތިން ބާލާށެވެ.