އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް 26،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވެއްޖެއެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު 26750 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ ކޮވިޑު-19 އާއި ގުޅިގެން ފަސްކުރެވުނު އިންތިހާބުގައި ރީރަޖިސްޓްރީވީ އަދަދަށް ވުރެ އިތުރު އަދަދެއްކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރީ-ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތު ދީފިނަމަ އިންތިހާބު ބާއްވަން ކަނޑައެޅިފައިވާ ތާރީހުގައި ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންވެ އިތުރު ފުރުސަތެއް މިފަހަރު ދިނުމަށް ނިންމާފައި ނުވާކަމަށެވެ.