ތިބާގެ ޑިޖިޓަލް މީޑިއަމްގެ ބޭންޑްވިތު އިސްތަށްޓެއްގެ މިންވަރަށް ހިމަވިނަމަވެސް، މިއަދު ދުނިޔެ މިދަނީ، އިންޓަރނެޓް ވުޖޫދަށް އައިތާ ބައްތިރީސް އަހަރު ފާހަގަ ކުރަމުންނެވެ. ޒުވާން ނުވެ، މުސްކުޅި ވެފައިވާ ދިވެހި އިންޓަރނެޓްގެ ބޭންޑްވިތު ފަދަ ވޭންދެނިވި ތަޖުރިބާތަކަށް އަލިއަޅުވާލައްވަމުން، އިންޓަރނެޓްގެ ބާނީ ޓިމް ބަރނަޒް ލީ ވިދާޅުވަނީ، 2.2 ބިލިއަން މީހުންނަށް އިންޓަރނެޓް ލިބެން ވާނެ ކަމަށެވެ. މާނައަކީ، ފަލަ ހޮޅިއަކުން ޑޭޓާ އެޅެން ވާވަރަށް ސަރުކާރުތަކުން ބޭންޑްވިތު ފަހިކޮށްދޭން ވާނެ ކަމަށެވެ.

ބަރނަރޒް ލީ ޝާއިއުކުރައްވާފައިވާ ހުޅުވާލާފައިވާ ސިޓީއެއްގައި ވިދާޅުވަނީ، އުމުރުން 15 އަހަރާ 24 އަހަރާ ދެމެދުގެ ތިން ބައި މީހުންނަށް ނެޓް ލިބިފައި ނުވާ ކަމަށެވެ.

"ގިނަ މީހުންނަށް ޑޭޓާ އާއި ބޭނުން ކުރާނެ ވަސީލަތާއި، އެދެބޑޭ ފެންވަރެއްގެ ކަނެކްޝަނެއް ނުލިބޭ" ބަރނާޒް ލީ ވިދާޅުވިގޮތުގައި ގޭގައި އިންޓަރނެޓް ލިބޭ ޒުވާނުންނަށްވެސް އެދެވޭ ކަނެކްޝަނެއް ލިބެން ނުހުންނަ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ އަންދާޒާ ކުރައްވާ ގޮތުގައި ކުރިއަށް އޮތް ދިހަ އަހަރު ދުވަހަށް އިންޓަރނެޓް ދިނުމަށް 428 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ.

އިންޓަރނެޓަށް ބައްތިރީސް އަހަރުވާން ދާއިރު މަލަމަތި ފެންނަނީ ބަނަކޮށެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީން ވެސް ވަނީ ޑިޖިޓަލް މީޑިއާ ރެގިއުލޭޓް ކުރުމަށް ހަރުކަށި ގަވާއިދު ތަކެއް ފާސްކޮށްފައެވެ. އޭގެ ކުރިން ޕާކިސްތާނުން ވެސް ވަނީ ޑިޖިޓަލް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ގަވާއިދުތައް ފާސްކޮށްފައެވެ.

އިންޑިއާއާއި ޕާކިސްތާނުން ފާސްކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ މީސް މީޑިއާ ޕްލެޓްފޯމްގައި މައްސަލަ އުފެދޭ މަސްލަހަތު ގެއްލޭފަދަ ފަދަ ވާހަކަތައް އެ ކުންފުނިތަކުން އަމިއްލައަށް ބްލޮކް ކުރަން ޖެހޭނެއެވެ. އަދި ބޭނުންވެއްޖެ ހިނދެގައި ސަރުކާރަށް އެ ޑޭޓާ ދޭން ޖެހޭނެއެވެ. ސަރުކާރާ ދެކޮޅަށް އާދަވެގެން ފާޑު ނުކިޔާ، އިންޑިއާގެ ޕްރިންޓް މީޑިއާއިން ބުނެފައިވަނީ އެއްވެސް ދާއިރާއެއް ރެގިއުލޭޓް ނުކުރާ މިންވަރަށް ބީޖޭޕީ ސަރުކާރުން ޑިޖިޓަލް މީޑިއާ ރެގިއުލޭޓް ކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުން ފާސްކޮށްފައިވާ އުސޫލާ ޚިލާފް ވާނެ ކަމަށް ބޮޑެތި ކުންފުނިތަކުން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ ނިންމުމާ ބެހޭ ގޮތުން ބޮޑެތި ކުންފުނިތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.