ގާނޫނުއަސާސީގެ މާއްދާ 375 އުވާލުމާއި މި ދެ ސަރަހައްދު ޔޫނިއަން ޓެރިޓްރީގެ ގޮތުގައި ބައިކޮށްފައި މިތަންތާގައި އިންފްރާސްޓްރަކްޗަރ މަސައްކަތް ފެށީއެވެ. އަދި ހަމައެއާއެކު ގިނަ ދުވަސްތަނެއް ނުވެ، ޗައިނާ އިންޑިއާގެ ސަރަހައްދު މަތީގެ ހަމަނުޖެހުމުގެ ސަބަބުން ސިފައިންނަށް ފަސޭހައިން ސަރަހައްދަށް ފޯރުމަށް އިތު މަގުތަކެއްވެސް ހަދަން ޖެހުނީއެވެ.

ލަދާކްގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިން ކުރިމަތިލާ ސަރަހައްދަކީ، އަހަރުގެ ހުރިހައި ދުވަހަކު އެތަނަށް ދެވެން އޮންނަ ހިސާބެއް ނޫނެވެ. ގާތް ގަނޑަކަށް އެހިސާބުގެ މަގުތަކުން ދަތުރު ކުރެވޭނީ އަށް މަސްވަންދެންނެވެ. އަނެއް ހަތަރު ހިސާބު ގަނޑު އޮންނާނީ ބަންދުވެފައެވެ.

މިހާރު ހަދަމުންދާ މަގުތަކުން އަހަރުގެ ހުރިހައި ދުވަހެއްގައިވެސް މިސަރަހައްދު އޮންނާނީ އިންޑިއާއާ ގުޅިފައެވެ.

އިންޑިއާ ޗައިނާ ސަރަހައްދުގެ 150 މޭލު ހުޅަނގުން ދަނީ މައި މަގު ހެދުމުގެ މަސައްކަތް ކުރެވެމުންނެވެ.

މިއީ ނިންމޫ ޕަޑާމް ޑާޗާގެ ނަމުން އޮންނަ 176 ކިލޯމީޓަރުގެ ދިގު ހައިވޭ އެކެވެ. މިތާގެ މަސައްކަތް ނިންމުމަށް ތިން އަހަރު ނަގާނެ ކަމަށް ލަފާ ކުރެވެއެވެ.

އިންޑިއާއިން މިސަރަހައްދުގައި ކުރަމުންދާ މަސައްކަތުގެ ތެރޭގައި މަގާއި ފަރުބަދަ ކޮނެގެން ހަދާ މަގުތަކާއި ބްރިޖްތަކާއި އިތުރުން އުހުގައި ހަދާ އެއަރޕޯޓްތައްވެސް ހިމެނެއެވެ.

މި މަގު ގުޅޭނީ އަޓަލް ޓަނަލްއާއެވެ. މިއީ ދުނިޔޭގެ އެންމެ ދިގު ބިމު އަޑީ މަގެވެ. މިމަގަށް ނަންދީފައި ވަނީ ކުރީގެ ބޮޑު ވަޒީރުގެ ނަމުންނެވެ. މިޓަނަލް އަދި ހުޅުވާފައެއް ނުވެއެވެ.

އިންޑިއާއިން ވަނީ ޗައިނާއިން ހިފި އުސްބިންތައް އަނބުރައި ހިފާފައެވެ. އޭގެ ތެރޭގައި އެންމެ ސްޓްރެޓިޖިކް "ފިންގަރ 4" އާއި "ބްލެކް ޓޮޕް" ފަދަ ތަންތަން ހިމެނެއެވެ.

މި ސަރަހައްދުގައި އިންޑިއާއިން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ދެކޮޅު ހަދައެވެ.

އިންޑިއާގެ ލަދާކް ޔޫނިއަން ޓެރިޓްރިއެއްގެ ގޮތުގައިވެސް ޗައިނާއިން ގަބޫލެއް ނުކުރެއެވެ.

މިއާ ޚިލާފަށް ޗައިނާ ވަނީ ޗައިނާ ހިފާފައިވާ ބިންތަކުގައި އިންފްރާސްޓްރަކްޗަރގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންގޮސްފައެވެ.

މިހިސާބުގައި ފިނި މޫސުމްގައި ޓެމްޕްރޭޗަރ މައިނަލް 40 ޑިގްރީއަށް ވެއްޓެއެވެ. އަދި 3300 ފޫޓު އުހުގައި ޖެހޭ ގަދަ ފިނި ވައިން ހަށިގަނޑު ތޮރުފާލައެވެ. މިއަހަރު އިންޑިއާއިން ނިންމާފައިވަނީ ފިނި މޫސުމުގައިވެސް މިތާގައި މީހުން ބައިތިއްބައިގެން މަސައްކަތް ގެންދިއުމަށެވެ.

އިންޑިއާއިން ދެ ހާސް މޭލުގެ ދިގު ރާސްތާގައި ސްޓްރެޓިޖިކް ގޮތުން މުހިންމު 73 މަގެއް ހަދާނެ ކަމަށް ވަނީ އިޢްލާން ކޮށްފައެވެ.

މީގ ސަބަބުން ސިފައިންނަށް އަވަހަށް ސަރަހައްދުގައި ހެލިފެލިވާން ފަސޭހަވާނެއެވެ.