ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާލޭގައި ހިންގަމުންދާ ކެފޭތައް ބަލާ ފާސްކޮށް، ވިސާ ނެތް ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިިމިގްރޭޝަނުން ބުނި ގޮތުގައި އެ އިދާރާއިގެ ބެލުމުގެ ދަަށަށް ބިދޭސީން ގެންގޮސްފައިވަނީ، އިމިގްރޭޝަނުން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިންނެވެ

އެގޮތުން މާލޭގެ 4 ކެފޭއް ބަލާއި މިތަންތަނުގައި މަސައްކަތް ކުރާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ބައެއްތޯ ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން ވިސާނެތް 3 ބިދޭސީއެއް ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމުގެ މަސައްކަތް އެ އިދާރާއިގެ ޓާސްކް ފޯސްއިން ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.