ޕްރިންސް ހެރީ އާއި މެގަންގެ އިންޓަވިއު އަށްފަހު ލަންޑަންގެ ސްކޫލަކަށް ޒިޔާރަތް ކުރަށްވާ ވާހަކަފުޅު ދައްކަވަމުން ޕްރިންސް ވިލިޔަމް ވިދާޅުވީ ޝާހީ އާއިލާގެ މެންބަރުންނަކީ ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ ބައެއް ނޫންކަމަށެވެ.
މީގެ އިތުރަށް ޕްރިންސް ވިލިޔަމް ވިދާޅުވެފައިވަނީ އެ އިންޓަވިއު އަށްފަހު އޭނާ އަދި ކޮއްކޮ ވިލިޔަމް އާއި ވާހަކަފުޅު ނުދައްކާ ކަމަށެވެ. ނަމަވެސް ކޮއްކޮ އާއި ވާހަކަ ދައްކާނެ ކަމަށްވެސް ވިލިޔަމް ވިދާޅުވިއެވެ.
ފާއިތުވި ހަފުތާގައި މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު އިންޓަވިއުގައި ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މެގަން ތުހުމަތު ކުރައްވާފައިވަނީ ޝާހީ އާއިލާގެ މެންބަރަކު އޭނާގެ ދަރިފުޅުގެ ހަން ކިހާ ކަޅުވާނެތޯ ސުވާލު އުފެއްދި ކަމަށެވެ. މި މެންބަރަކު މި ގޮތަށް ވާހަކަދެއްކީ މެގަންގެ ފުރަތަމަ ދަރިފުޅު ވިހަން ވެފައި ވަނިކޮށެވެ.
ޕްރިންސް ހެރީވެސް މިކަމާ އެއްބަސްވެ ވަޑައިގެން ވިދާޅުވީ މި ވާހަކަފުޅު ވިދާޅުވީ އޭނާގެ މާމަ ކްއީން އެލިޒަބަތު ނޫންކަމަށެވެ. އަދި ކާފަ ޕްރިންސް ފިލިޕެއްވެސް ނޫނެވެ.
މި އިންޓަވިއުގައި ހެރީގެ ދެމަފިރިން ވިދާޅުވެފައިވަނީ ވިރާސީ ގަނޑުވަރުގައި ދިމާވި އެންމެ ނުރައްކާތެރި ހާދިސާ އަކީ 1997 ގައި ޕްރިންސް ހެރީ އާއި ވިލިޔަމްގެ މަންމަ ޑަޔާނާ އަވަހާރަކޮށްލުމެވެ.
އޮޕްރާ ވިންފްރޭގެ 2 ގަޑި އިރުގެ ޝޯގައި، ހެރީގެ 3 އަހަރު ވާން ކައިރި ވެފައިވާ ޝާހީ ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް ޝާހީ އާއިލާގެ ތަފާތު ކުރުންތަކުގެ ވާހަކަ ހިއްސާ ކުރެއްވިއެވެ.
މެގަން އާއި ހެރީގެ އިންޓަރވިއު އަށްފަހު ރާނީގެ ފަރާތުން ބަކިން ހަމްޕެލަސް އިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ފާއިތުވި އަހަރު ތަކުގައި ޕްރިންސް ހެރީގެ ދެކަނބަލުން އުޅުއްވި ހާލުކޮޅާމެދު ހިތާމަ ކުރައްވާކަމަށެވެ. އަދި އެއް ހާހަށްވުރެ ގިނަދުވަސްވީ ރަސްކަމުގެ ކޮއިލުތެރޭގެ ބޭފުޅަކު މިފަދަ ތުހުމަތެއް ކުރެއްވުމުން (ނަސްލީ) އޭގެ ނުރަނގަޅު އަސަރު ދިގުމުއްދަތަކަށް ފޯރާނެކަމަށްވެސް މި ބަޔާނުގައި ވެއެވެ.