ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނ.ޅޮހި މޮނިޓަރިން އަށް ލައިފި އެވެ.

ޅޮހި މޮނިޓަރިންގެ ހާލަތައް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ ކަރަންޓީންގައި ތިއްބާ ކޮވިޑަށް ޕޮޒްޓިވްވި ތިން މީހަކާއި ގާތުން ބައްދަލުވި ތިން މީހަކު ކޮވިޑަށް ޕޮޒްޓިވްވުމުންނެވެ.

އެޗްޕީއޭ އިން ބުނީ ޅޮހި މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

އދ.ފެންފުށި ވެސް ވަނީ ރޭ މޮނިޓަރިންއަށް ލާފައެވެ.

އެރަށް މޮނިޓަރިންއަށް ލާފައި ވަނީ ފްލޫ ކްނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒްޓިވްވުމުުންނެވެ.